ސްކޭމްކޮށްގެން ކުންފުންޏެއްގެ އެކައުންޓުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގިކަމަށް އިއުތިރާފްވެއްޖެ
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 1:59
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށް، ވިޔަފާރި ކުންފުންޏެއްގެ ބޭންކު އެކައުންޓަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު މީހަކު ކުށަށް އިއުތިރާފުވެއްޖެއެވެ.
މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279،000 އަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި 10 މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ނެވެ. ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، މި މީހުންގެ ތެރެއިން އެކަކު ހިންމަފުށިން ހައްޔަރުކޮށްފައިވާ އިރު، ތިން މީހަކު ހައްޔަރުކޮށްފައިވަނީ އައްޑޫން ނެވެ. ދެން ތިބި މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށްވާއިރު މި އެންމެންވެސް ތިބި ޖަލު ބަންދުގައެވެ.