ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ހުއްދައެއް ނުދޭނަން: ވަޒީރުންގެ ހާއްސަ ކޮމިޓީ

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 5:31

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުމުގެ ތެރެއިން، ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އަންނަ ރިކުއެސްޓްތައް ރިޖެކްޓް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހަލީލު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް، ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކޮމިޓީ އެކުލަވާލާފައިވަނީ ރައީސުލްޖުންހޫރިއްޔާގެ އިރުޝާދުގެ ދަށުން މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، އޭގެ ސަބަބުން ދިވެހިރާއްޖޭގެ ސަލާމަތާއި އިގުތިސާދީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ވަޒަންކުރުމަށެވެ. އަދި މި ކޮމިޓީގެ އެންމެ އިސް މަގްސަދަކީ މިހާލަތުގައި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ކުރު އަދި ދިގު މުއްދަތުގެ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން އާންމުންނަށް އަންގައިދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް