ތެލުގެ އަގު މައްޗަށް ދިޔަ ޔަސް، ތެލާއި ގޭހުގެ އެއްވެސް ދަތިކަމެއް ނެތް: މޫސާ ޒަމީރު
ދަޕްރެސް
12 މާރިޗު 2026 | ބުރާސްފަތި | 6:18
މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ދިވެހިރާއްޖޭއަށް ތެލާ ގޭހުގެ އެއްވެސް ދަތިކަމެއް އަދި ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިހާލަތުގައި ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑު އަދި ބޭސް މެދުކެނޑުމެއްނެތި އެތެރެކުރުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭރުގަ ކިޔަވަންތިބި ކުދިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރިޒާވް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ރެވެނިއު އިމްޕެކްޓް ކުރާވަރު ދެނެގަނެ، މިއާއެކު ފިސްކަލް ޓްރެޖެކްޓަރީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެމްއެމްއޭ، ފިނޭސް މިނިސްޓްރީ އަދި މީރާ ގުޅިގެން ޓެކްނިކަލް ކޮމިޓީއެއް އުފައްދައިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓަރު މޫސާ ޒަމީރު ފާހަގަ ކުރެއްވިއެވެ.