ސަރަހައްދީ ހަމަޖެހުމަށްޓަކައި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއް: ނަޝީދު

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 10:26

ސަރަހައްދީ ހަމަޖެހުމަށްޓަކައި ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުންތަކަށް އަލި އަޅުވާލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ 1988 ގެ އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާއާއި، މާލެއަށް ކުރިމަތިވި ވޯޓާ ކްރައިސިސް، އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވަގުތުތަކުގައި ވެސް އިންޑިއާއިން މެދުކެނޑުމެއްނެތި ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މިހާރު ދުނިޔެ މިހާރު އޮތް ހާލަތަށް ބަލާއިރު، ތެލުގެ އެހީތެރިކަމަށް ރާއްޖެއިން އިންޑިއާގައި އެދިފައިވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މައުޟޫޢުތަށް