ތެޔޮ ފޯރުކޮށްދިނުމަށް އެދި ރާއްޖެ ހިމެނޭހެން އަވަށްޓެރި ތިން ގައުމަކުން އިންޑިއާގައި އެދިއްޖެ

ދަޕްރެސް

12 މާރިޗު 2026 | ބުރާސްފަތި | 9:16

ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެދި ދިވެހިރާއްޖެ، ބަންގްލަދޭޝް އަދި ސްރީލަންކާއިން އިންޑިއާ ސަރުކާރުގައި އެދިފައިވާކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލްއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ތިން ގައުމުން ވެސް ވަނީ ޕެޓްރޯލިއަމްގެ ބާވަތްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ.

އެގޮތުން ބަންގްލަދޭޝްއިން ޑީސަލް ފޯރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރައްވައި، ޖައިސްވާލް ވިދާޅުވީ އެ ހުށަހެޅުން މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްއަކީ އިންޑިއާއާ ގާތް ގުޅުމެއް އޮންނަ، ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށާއި، 2007 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ 'ނުމާލީގަޅް' ރިފައިނަރީން ބަންގްލަދޭޝްއަށް ޑީސަލް ފޯރުކޮށްދެމުންދާކަން ޖައިސްވާލް ވަނީ ފާހަގަކުރައްވާފައެވެ.

މައުޟޫޢުތަށް