ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް އުޅަނދުތަކަށް ފެހި ނަންބަރު ބޯޑު ތައާރަފުކުރަނީ

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 9:00

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ގޮތުން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، މީގެ ސަބަބުން މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ކަމަށެވެ.

މިއީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށް އަމީން ވިދާޅުވީ މިއީ ކޮޕް29 ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާނުކުރެއްވި މޫސުމީ ބަދަލުތަކާ ގުޅޭ ވައުދުފުޅުތައް ފުއްދެވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މައުޟޫޢުތަށް