ކުޑަކުދިންނަށް އެންމެ ކަމުދާނެ ޗީޒީ ސޮސެޖު ރޯލް، އަވަހަށް ތައްޔާރުކޮށްލަމާ
ދަޕްރެސް
22 މާރިޗު 2026 | އާދިއްތަ | 4:00
ޗީޒީ ސޮސެޖު ރޯލަކީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު، ކާލަން ފަސޭހަ އަދި އެހާމެ މީރު ހެދިކާއެކެވެ. މިއީ ހަވީރުގެ ސައިގަޑިއަށާއި، ޕާޓީތަކަށް ނުވަތަ ކުދިންގެ ލަންޗް ބޮކްސްއަށްވެސް ތައްޔާރުކޮށްލަން ވަރަށް ރަނގަޅު އެއްޗެކެވެ. ހާއްސަކޮށް ރޯދަމަހު ކާލަން މިއީ ގިނަ ބައެއްގެ "ފޭވަރިޓް" ހެދިކާއެވެ.
ޕަފް ޕޭސްޓްރީ ޝީޓްތައް ބޭނުންވާ ސައިޒަކަށް (ސޮސެޖު އޮޅާލެވޭވަރަށް) އަކަބައްޓަމަށް ކޮށާލާށެވެ. ކޮންމެ ޕޭސްޓްރީ ކޮޅެއްގެ މަތީގައި ޗީޒް ސްލައިސްއެއް ނުވަތަ ގާނާފައި ހުރި ޗީޒްކޮޅެއް ފަތުރާލާށެވެ. ދެން ޗީޒްގެ މަތީގައި ސޮސެޖެއް ބޭއްވުމަށްފަހު ޕޭސްޓްރީ ކޮޅު ބާރަށް އޮޅާލާށެވެ. އޮޅާލާއިރު ކޮޅުތައް ރަނގަޅަށް ބައްދާލުމަށް ކުޑަ ފެންފޮދެއް ނުވަތަ ބިސް ބޭނުންކުރެވިދާނެއެވެ.
ތައްޔާރުކުރި ރޯލްތައް ބޭކިންގް ތަބަކުގައި އަތުރާލާށެވެ. އަދި ރޯލްތަކުގެ މަތީގައި ކުރިން ގިރުވި ބިސް އުނގުޅާލާށެވެ. މިއީ ރޯލްތަކަށް ރީތި ރަންކުލައެއް ގެނައުމަށެވެ. ބޭނުންނަމަ މަތީގައި ކުޑަ ކަޅުދިރި ނުވަތަ ސެސަމީ ސީޑްސް ބުރުއްސާލާށެވެ.