ދިގުރަށުގައި ބިދޭސީ އެކޮމޮޑޭޝަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 5 މީހަކު ނިޔާވެއްޖެ
ދަޕްރެސް
13 މާރިޗު 2026 | ހުކުރު | 6:04
އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމިޑޭޝަންއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެއްޖެއެވެ
މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 2 ޖަހާކަށް ހާއިރުއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެކިވަރުގެ އަނިޔާ ވެގެން ޖުމްލަ 8 މީހަކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެތެރެއިން 5 މީހަކު ނިޔާވެފައިވާ ކަމަށެވެ. ހަމައެއާއެކު އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވި ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.