ހުޅުމާލެ ފޭސް 2ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 10:43

ހުޅުމާލެ ފޭސް 2ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާކަމަށާއި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން އިނގޭ ގޮތުގައި އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް