އެކޮމަޑޭޝަނެއްގައި ރޯވުން: އިންސާނީ ހައްގަކަށް ގެއްލުންވެފައިވާ ކަމެއް ހިނގާފައިވޭތޯ ބަލަނީ

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 4:09

އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިންސާނީ ހައްގަކަށް ގެއްލުންވެފައިވާ ކަމެއް ހިނގާފައިވޭތޯ ބަލަމުންދާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ރޭ ދަންވަރު އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަންއެއްގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 2:00 ހާއިރު އެވެ. މި ހާދިސާގައި އެ އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅޭ ފަސް މީހަކު ނިޔާވެފައިވާއިރު ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ވަނީ ގެނެސްފައެވެ.

އެޗްއާރްސީއެމް އިން ބުނީ އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ގާތުން ބަލަމުންދާ ކަމަށެވެ.

މައުޟޫޢުތަށް