ދިގުރަށު އެކޮމޮޑޭޝަން ބޮލޮކެއްގައި ރޯވުން: އަނިޔާވި 3 މީހުންގެ ތެރެއިން ދެ މީހުން ވެންޓިލޭޓަރުގައި
ދަޕްރެސް
13 މާރިޗު 2026 | ހުކުރު | 4:53
އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.
ރޭ ދަންވަރު 2:00 އެހާއިރު އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަންއެއްގައެވެ.
މި ހާދިސާގައި އެ އެކޮމަޑޭޝަން ބްލޮކްގައި ދިރިއުޅޭ ފަސް މީހަކު ނިޔާވެފައިވާއިރު ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ވަނީ ގެނެސްފައެވެ. އަދި އިތުރު މީހަކަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.