އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށް އެމެރިކާއިން ހުރަސްއަޅަން އުޅޭ ކަމަށް ވިދާޅުވެ ނަޝީދު ފާޑުވިދާޅުވެއްޖެ

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 7:45

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "ރައިސީނާ ޑައިލޮގް" އަދި "ސިނާޖިއާ ކޮންކްލޭވް" ނިންމަވާލެއްވުމަށްފަހު، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ދިއްލީގައި ބޭއްވި މި ދެ ފޯރަމްގައި ބަދަލުކުރެވުނު ހިޔާލުތަކާއި މަޝްވަރާތަކާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް، އެ ބައްދަލުވުންތަކުގެ ތެރެއިން އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ކްރިސްޓޮފާ ލަންޑައު ދެއްކެވި ވާހަކައިން ވަރަށް ބޮޑު ސިހުމެއް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލަންޑައު ވިދާޅުވެފައިވަނީ، މީގެ 20 އަހަރު ކުރިން ޗައިނާއާއެކު ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާއަށް ހެދުނު ގޯސްތައް، އިންޑިއާއާއެކު ތަކުރާރު ނުކުރާނެ ކަމަށެވެ.

މައުޟޫޢުތަށް