ހަލުވިދާ: ސުފުރާމަތި ފަޅުފިލުވާލަދޭ ދިވެހިވަންތަ ރަހައެއް
ދަޕްރެސް
20 މާރިޗު 2026 | ހުކުރު | 10:20
ހަލުވިދާ އަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީއްސުރެ މަގުބޫލު، ފޮނި ކާ އެއްޗެކެވެ. މިއީ އާންމުކޮށް ހަވީރު ސަޔަށް ނުވަތަ އެކި ކަހަލަ ހަފުލާތަކާއި މުނާސަބަތުތަކަށް ތައްޔާރުކުރާ ވަރަށް މީރު ބާވަތެކެވެ. މީގެއިތުރުން މިއީ ރޯދަ ވީއްލާ ގަޑީވެސް ކާލަން ގިނަ ބަޔަކަށް ވަރަށް ކަމުދާ ފޮނި އެއްޗެކެވެ.
ހަލުވިދާގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގެ މަޑުކަމާއި، ރޯޒްވޯޓަރުގެ މީރުވަހެވެ. ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ ހަލުވިދާގެ ރެސިޕީ ތިރީގައި އެވަނީއެވެ.
އެންމެ ފުރަތަމަ ތަވައެއް ނުވަތަ ތެއްޔެއްގެ ތެރެއަށް ބޯކިރާއި، ކޯން ފްލާ އަދި ހަކުރު އެޅުމަށްފަހު ހަކުރުތައް ވިދެންދެން ރަނގަޅަށް ގިރާށެވެ. ދެން މަޑު ގިނީގައި ބަހައްޓައިގެން ކައްކަން ފަށާށެވެ. މިސްކްޗަރު ކުޑަކޮށް އޮލަވާން ފެށުމުން އޭގެ ތެރެއަށް ރޯޒްވޯޓަރު، ކާފުރުތޮޅި އަދި ރަތްކުލަ ކޮޅު އަޅާލާށެވެ.