ކުޑަކުދިންގެ ފޭވަރިޓް: ގޭގައި ތައްޔާރުކޮށްލެވޭ މީރު ޗިކަން ޕޮޕްސް
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 10:05
ޗިކަން ޕޮޕްސް އަކީ ކުދިބޮޑު އެންމެންގެ މެދުގައި ވަރަށް މަގުބޫލު، ކާލަން ފަސޭހަ އަދި އެހާމެ މީރު ކާއެއްޗެކެވެ. އެތެރެ މަޑުކޮށް ހުންނަ މި ކުޑަ ކުޑަ ކުކުޅު ތޮޅިތަކަކީ ވަރަށް މަދު އެއްޗެއް ބޭނުންކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ އެއްޗެކެވެ.
އެންމެ ފުރަތަމަ ކުދިކޮށް ކޮށާފައި ހުރި ކުކުޅުކޮޅު ތަށްޓަކަށް އެޅުމަށްފަހު އޭގެ ތެރެއަށް އިނގުރު، ލޮނުމެދު ޕޭސްޓް، އަސޭމިރުސް، މިރުސް ސޯޔާ ސޯސް އަދި ލޮނު އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. މި މިސްކްޗަރު ގާތްގަނޑަކަށް 20 މިނެޓު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.
ދެން ވަކި ތަށްޓެއްގައި ފުށާއި ކޯން ފްލާ އެއްކޮށްލާށެވެ. އަދި އެހެން ތަށްޓަކަށް ބިސް ގަށާލާފައި ބަހައްޓާށެވެ. މެރިނޭޓް ކުރި ކުކުޅު އެތިކޮޅުތައް ނަގައި، ފުރަތަމަ ފުށް ތަށީގެ ތެރެއަށް ލައި ފުށް ހާކާލާށެވެ. އެއަށްފަހު ބިސް ތަށީގެ ތެރެއަށް ގަންބާލާފައި، އެންމެ ފަހުން ބްރެޑް ކްރަމްބްސް ތެރޭގައި ފުރޮޅާލާށެވެ.