ދިގުރަށުގެ އަލިފާނުގެ ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުން: ފުލުހުން

ދަޕްރެސް

13 މާރިޗު 2026 | ހުކުރު | 9:53

އދ. ދިގުރަށުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަންގްލަދޭޝް ރައްޔިތުންކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.

މިހާދިސާ އާ ގުޅިގެން މިރޭ ފުލުހުން އާންމުކޮށްފައިވާ ބަޔާނުގައި ފުލުހުން ބުނީ ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ މާރިޗު 12 ވީ ބުރާސްފަތި ދުވަހުގެ ރޭ 01:57 ހާއިރު ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނުކަމަށެވެ.

މިހާދިސާއަށް އެޓެންޑް ވުމަށް ދިޔަ ފުލުހުން، އަލިފާން ރޯވެފައިވާ ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުމާއެއެކު، ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެވުނުކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މައުޟޫޢުތަށް