މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
ދަޕްރެސް
14 މާރިޗު 2026 | ހޮނިހިރު | 2:15
މޯލްޑިވްސް ޒަކާތު ހައުސްއިން މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަހަރު މާލޭ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ މާލެގައި ހުންނަ ސެންޓާ ފޮ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.
އެގޮތުން މިމަހުގެ 14 އަދި 15 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެއެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެއެވެ. އަދި މި ދެ ދުވަހު 13:00 އިން 15:00 އަށްވެސް ޒަކާތް ދެއްކޭނެއެވެ.