އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިތުރުކޮށްފި
ދަޕްރެސް
14 މާރިޗު 2026 | ހޮނިހިރު | 2:17
އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އީސީން ބުނީ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ސިޔާސީ ޕާޓީތަކުން މުއްދަތު އިތުރުކޮށްދިނުން އެދި އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ ކަމަށެވެ.
އެހެންކަމުން މިހާރު މާޗް 14، 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން މާޗް 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް އީސީން ވަނީ ބުނެފައެވެ.