އިސްލާމީ ދިރިއުޅުން: ރޯދަމަހު އަޅުކަމަށް ދޭ އަހައްމިޔަތުކަން އެހެން މަސްތަކުގައި ނުދެވެނީ ކީއްވެ؟

ދަޕްރެސް

14 މާރިޗު 2026 | ހޮނިހިރު | 4:34

ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އަޅުކަމުގެ ތެރެއަށް އެންމެ ގިނައިން ވަދަވޭ މަހޭ ބުނުމަކުން ދޮގަށް ނުވާނެއެވެ. ރޯދައަށް ހުންނަ އިރާ ރޯދަ ވިއްލައިގެން ވެސް އަޅުކަމުގެ އެކި އެކި އަމަލުތަކުގައި މަސްއޫލުވެގެން އުޅުމަކީ ގިނަ ބައެއްގެ އާދައެވެ. ނަމާދުތަކަށް ޖަމާއަތަށް އެރުމާ ސުންނަތް ނަމާދުތަކުގައި ބައިވެރިވުމާ މާތްވެގެންވާ ކީރިތި ޤުރުއާނު ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުމާ ސަދަގާތުގެ މަތިވެރި އަޅުކަމުގައި އަޅުގަނޑުމެން ވަގުތު ހޭދަކުރެއެވެ. ރޯދައަށް ހުންނަ ވަގުތުގައި ރުޅި މަޑުކުރުމަށާ ހަޑިހުތުރު ބަސްތަކުން މުއާމަލާތް ކުރުމާ ދުރުވެ ދޮގު ހެދުމާ އީބަ ބުނުން ފަދަ ފާފަތަކަށް ނާރަވެތޯ މަސައްކަތްކުރެވެއެވެ.

ރޯދަމަހު އަޅުކަމަށް މިހާ އިސްކަން ދެވޭ އިރު އަހަރުގެ ބާކީ އޮތްބައިގައި މިވަރަށް އަޅުކަމަށް ވަގުތު ހުސްނުކުރެވެނީ ކީއްވެބާއެވެ. މިއީ ރޯދައިގެ އަޅުކަމުގެ ހުރި މާތްވެގެންވާ ހިކުމަތުގެ ބާރާއި ރޯދަ ހިފައިގެން ހޯދަންވީ ދަރުމައިގެ ސިއްރަށް ވެސް ވެދާނެއެވެ.



މައުޟޫޢުތަށް