ދަރިންނަށް 2 އަހަރު ވަންދެން ހުސްވަގުތު ދޭގޮތަށް އިސްލާހު ކުރި ގާނޫނު ތަސްދީގުކުރައްވައިފި

ދަޕްރެސް

14 މާރިޗު 2026 | ހޮނިހިރު | 10:30

ދަރިންނަށް ދެ އަހަރު ވަންދެން މުވައްޒަފުންނަށް ހުސްވަގުތު ދޭގޮތަށް އިސްލާހު ކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މިއަދު ތަސްދީގުކުރެއްވި ވަޒީފާއާބެހޭ ގާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލަކީ، މިއަހަރުގެ މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.

މައުޟޫޢުތަށް