އެޗްޑީސީގެ "އަވައްޓެރި ރޯދަ ވީއްލުން" ސިލްސިލާގެ ފަހު ރޯދަ ވީއްލުން މިއަދު ބާއްވަނީ

ދަޕްރެސް

15 މާރިޗު 2026 | އާދިއްތަ | 11:56

އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން، ކުރިއަށްގެންދާ "އަވައްޓެރި ރޯދަ ވީއްލުން" ސިލްސިލާގެ ފަހު ރޯދަ ވީއްލުން މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ބުނީ މި ރޯދަ ވީއްލުން އޮންނާނީ، މިއަދު ހަވީރު 18:00 ގައި، ހުޅުމާލޭ ފޭސް 1 ގެ ޗަނބޭލީ މަގު (މުހައްމަދު ގާސިމް ޕްރީ ސްކޫލު ކުރިމަތީ) ގައި ކަމަށެވެ. މިއީ، މި އަހަރުގެ ރޯދަ މަހު އެޗްޑީސީން އިސްނަގައިގެން ބާއްވާ މިފަދަ ހަތަރުވަނަ ރޯދަ ވީއްލުން ކަމުގައިވާއިރު މިއީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަހު ރޯދަ ވީއްލުމެވެ.

އެޗްޑީސީ އަދި އެފްޑީސީ ގުޅިގެން މިއަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބޭއްވީ، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ. އަދި އެއަށްފަހު، ހުޅުމާލޭ ފޭސް 1 ގެ ހުރަވީ ސްކޫލް ކުރިމަތީގައާއި، ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިވެސް ވަނީ މިފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ.

މައުޟޫޢުތަށް