ހޯރަފުށީގައި ބުޅަލެއް ދަންޖައްސާ މަރާލުން: ތަހުގީގު ފަށާ، ތިން މީހަކާ ސުވާލުކޮށްފި
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 2:53
ހއ. ހޯރަފުށީގައި ބުޅަލެއް މަރައިލި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހޯރަފުށީގައި ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވި ނަމަވެސް ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.