ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝްއަށް ގެންދަނީ
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 4:15
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވު ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝްއަށް ގެންދަން ނިންމައިފިއެވެ.
ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ދަ ޑެއިލީ ސްޓާ' އިން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، އަލިފާނުގެ ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށެވެ.
އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުން ކަމަށްވާއިރު އޭގެ ތެރޭގައި ހިމެނެނީ ރާޖު އުދިން އިސްލާމް އާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ ސައްދާމް ހޮސެއިންއާއި ޖަމާލް އުދިންއަށެވެ.