އެމިރޭޓްސް ރެޑް ކްރެސެންޓުން ދިން ފިތުރު ޒަކާތުގެ ފައިސާ ޔަތީމުންނާއި ފަގީރުންނަށް އެހީވުމަށް ހަދިޔާކޮށްފި

ދަޕްރެސް

15 މާރިޗު 2026 | އާދިއްތަ | 4:33

އެމިރޭޓްސް ރެޑް ކްރެސެންޓްގެ ފަރާތުން ދިން ފިތުރު ޒަކާތުގެ ފައިސާ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމު ކުދިންނާއި ފަގީރުންނަށް ހަރަދުކުރުމަށްޓަކައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ މިއަދު ހަވާލުކޮށްފިއެވެ.

މި އެހީއަކީ އެމިރޭޓްސް ރެޑް ކްރެސެންޓުން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ގުޅުވައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށްދޭ އިންސާނީ އެހީގެ ތެރެއިން ދިވެހިރާއްޖެއަށް ދިން އެހީއެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިތުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދީފައިވާކަމަށެވެ.

މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފިތުރު އީދުގެ އުފަލުގައި ބައިވެރިކުރުމަށާއި އީދު ހެދުން ގަނެދިނުމުގެ އިތުރުން ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް ގުޅުމާއި އިސްލާމީ އުހުއްވަތްތެރިކަމުގެ ރަމްޒެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މައުޟޫޢުތަށް