މާލޭ ނޯތު ހާބަރުގެ ފީތައް ބޮޑުކުރާކަމަށް ދެކެވޭ ވާހަކަތައް އެމްޕީއެލް އިން ދޮގުކޮށްފި

ދަޕްރެސް

15 މާރިޗު 2026 | އާދިއްތަ | 4:47

މާލޭ ނޯތު ހާބަރުގެ ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑުކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށާއި، އަދި މިފަދަ ދޮގު މައުލޫމާތު ފެތުރުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.

އެމްޕީއެލް އިން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާއެކު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އަންގަވާފައިކަމަށެވެ. އެގޮތުން 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް