މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ނިންމައިފި

ދަޕްރެސް

15 މާރިޗު 2026 | އާދިއްތަ | 8:49

މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި، މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން ވިލިމާލޭގަވެސް ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. މިނިސްޓްރީގެ މި އިއުލާނުގައި މާލެ ސަރަހައްދުގައި ކުޑަ އީދު ނަމާދު ކުރާ ހުރިހާ މިސްކިތްތަކާއި މައިދާންތަކުގެ މައުލޫމާތުވެސް ވަނީ އާންމު ކޮށްފައެވެ.

އެގޮތުން، މާލެ މާފަންނު ސްޓޭޑިއަމް، ވިލިމާލެ ފުޓުބޯޅަ ދަނޑު، ހުޅުމާލެ ފޭސް 1 ގެ ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 2 ގެ މަސްޖިދު ހަސަން އާދަމް އާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް އޮންނަ ހުސްބިމުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މައުޟޫޢުތަށް