ސަމާލުވޭ! ގާސިމް ގެ ނަމުގައި 50،000 ރުފިޔާ ދޭނަމޭ ބުނެ ސްކޭމެއް ޖައްސަނީ

ދަޕްރެސް

15 މާރިޗު 2026 | އާދިއްތަ | 9:24

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެ ނަމުގައި 50،000 ރުފިޔާ ދޭނަމޭ ބުނެ ސްކޭމެއް ޖައްސަމުންދާކަމަށް ބުނެ ސަމާލުވާން އެދެފިއެވެ.

މިކަމާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ގާސިމްގެ ނަމުގައި ރަމަދާން ކޭޝް ސަޕޯޓު ގޮތުގައި ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް ފަންސާސް ހާސް ރުފިޔާ ލިބޭކަމަށް ބުނެ ފަތުރާ މެސެޖަކީ ސްކޭމް މެސެޖެއްކަމަށެވެ.

އަދި މިފަދައިން އެކި މެސެޖްތައް ވަޓްސްއެޕް ގުރޫޕްތަކުގެ އިތުރުން ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި ގާސިމްގެ އޭއައި ފޮޓޯ ޖަހައި ސުވާލު ލިންކަކާއެކު ފަތުރަމުންދާ ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ. ގާސިމް ވިދާޅުވީ މިއީ ގާސިމް އާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއްކަމަށެވެ.

މައުޟޫޢުތަށް