މާލޭ ބާޒާރުމަތީގައި މާރުކޭޓް ކޮމްޕްލެކްސް ތަރައްގީ ކުރަން ހަވާލުކޮށްފި
ދަޕްރެސް
15 މާރިޗު 2026 | އާދިއްތަ | 9:51
މާލޭ ބާޒާރުމަތީގައި މާރުކޭޓް ކޮމްޕްލެކްސް ތަރައްގީ ކުރަން މިއަދު ސޮއިކޮށްފިއެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ނަމުގައި ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓާ މުހައްމަދު އަބްދުލް ހާދީއެވެ.