މަސްޖިދުއްޒިކުރާ މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި
ދަޕްރެސް
16 މާރިޗު 2026 | ހޯމަ | 10:08
ޒިކުރާ މިސްކިތް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެއްކަމަށެވެ. އެގޮތުން މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރަން ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.