ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ނަމަ ގާނޫނުގައިވާ އަދަބު ދޭނެކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި

ދަޕްރެސް

16 މާރިޗު 2026 | ހޯމަ | 11:07

މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، ހާނިއްކަކުރުމާ، މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ،

ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަހްލޫގުންކަން ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް މިހާރު ވަނީ ގާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ މި ހައްގުތަކުގެ ތެރޭގައި ހިމެނެނީ:

މައުޟޫޢުތަށް