މަގު ހަދަން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ފަޅު ބަންދުކުރަނީ

ދަޕްރެސް

16 މާރިޗު 2026 | ހޯމަ | 3:39

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހިމެނޭ ފަޅުގެ ސަރަހައްދު ބަންދު ކުރަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގު ހެދުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މާލޭ އުތުރު ފަރާތު ފަޅުގެ ސަރަހައްދު ވެސް އެ މަސައްކަތުގެ ތާވަލާ އެއްގޮތަށް ބަންދުކުރާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

ފެރީ ޓާމިނަލުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ ގިނަ އަދަދެއްގެ އަތޮޅު ފެރީތަކާއި ލޯންޗުތައް ބޭނުންކުރާ ސަރަހައްދެއް ނަމަވެސް އެ ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ހަމަޖައްސާފައިވާ އިންތިޒާމެއް މިހާތަނަށް ހާމަކޮށްފައި ނުވެއެވެ.

މައުޟޫޢުތަށް