އެމްޑީޕީގެ ތުހުމަތުތަކަށް ޕީއެސްއެމް: އަބަދުވެސް މަސައްކަތްކުރަނީ ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް
ދަޕްރެސް
16 މާރިޗު 2026 | ހޯމަ | 4:37
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހޭލުންތެރިކުރަން ކަމަށް ބުނެ ޕީއެސްއެމްއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ހަމަ ހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ އެމްޑީޕީން ތުހުމަތު ތަކެއް ކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ އިސްވެރިން މިއަދު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު (ޝަކިއްބެ) ބައްދަލުކުރުމަށް އެ އޮފީސް ހިންގާ އިމާރާތަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ.
އެމްޑީޕީން ވަނީ ރައްޔިތުންނަށް ކަމުގެ ދެކޮޅު ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން ޕީއެސްއެމްގެ އެމްޑީއާ ބައްދަލު ކުރަން އެދި އިއްޔެ އެމްޑީޕީން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެ ސިޓީގެ ޖަވާބު މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެސްއެމްއަށް އެމްޑީޕީ މެންބަރުން ގޮސް އެ ފަރާތްތަކުން ވަނީ ޝަކިއްބެގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.