ކުދިބޮޑު އެންމެންނަށް ކަމުދާ ސިނަމަން ރޯލް ބައިޓްސް، ސުފުރާމަތި ފަޅުފިލުވާލަން އެއްވަނަ

ދަޕްރެސް

17 މާރިޗު 2026 | އަންގާރަ | 11:00

މިއަދު 'ޕްރެސް ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ގިނަ ދިވެހީންނަށް ކަމުދާ ސިނަމަން ރޯލްގެ ބާވަތެއް ކަމަށްވާ 'ސިނަމަން ރޯލް ބައިޓްސް' އެވެ. މިއީ ކުޑަކުދިންގެ ތެރޭގައި ވެސް މަގުބޫލު ފޮނިކާއެއްޗަކަށްވާއިރު ރޯދަ މަހުގެ ސުފުރާމަތި ފަޅު ފިލުވާލަ ދިނުމަށް މިއީ ރަނގަޅު ބާވަތަކަށް ވާނެއެވެ.

ސިނަމަން ރޯލް ބައިޓްސްގެ އެކި ރެސިޕީތައް ހުންނައިރު މިއަދު މި ގެނެސްދެނީ ގޭގައި ހުރި ތަކެތިން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

ތައްޓަކަށް ފުއް، ލޮނު، ބޭކިން ޕައުޑާ އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި އިތުރު ތައްޓެއްގައި ފުލް ކްރީމް އަދި އެސެންސް އެޅުމަށްފަހު އެއްކޮށްލާނީއެވެ. އަދި ކުރިން ތައްޔާރުކުރި ފުއް ތެރެއަށް އެއްކުރި ފުލްކްރީމް މިލްކް އެޅުމަށްފަހު ރަނގަޅަށް މޮޑެލާނީއެވެ.

މައުޟޫޢުތަށް