ގޭ ބަންދަށް ބަދަލުކުރި ބައްސާމް، އަނެއްކާ ޖަލަށް ބަދަލުކޮށްފި
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 10:08
ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކުރިތާ މާ ގިނައިރެއް ނުވެ އަނބުރާ ޖަލު ބަންދުކޮށްފިއެވެ.
ބައްސާމް ގޭ ބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ކަމަށް އިއްޔެ ކަރެކްޝަނުން ވަނީ ބުނެފައެވެ.
ނަމަވެސް ބައްސާމް ގޭ ބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަނެއްކާ މިވަނީ ޖަލު ބަންދަށް ބަދަލުކޮށްފައެވެ. އޭނާ އަނބުރާ ޖަލު ބަންދަށް ބަދަލުކޮށްފައި ވަނީ ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާއަށް އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.