ތެލަށް ޖެހިދާނެ ކަމުގެ ބިރަށްޓަކައި ކޮންމެ ބުދައެއް ލަންކާގައި ބަންދު ކުރަން ނިންމައިފި
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 10:48
އިޒްރޭލާއި އެމެރިކާއިން އީރާނު ސުންނާފަތި ކޮށްލުމަށް ފެށި ހަނގުރާމައިގައި ތެލުގެ ސަޕްލައި އަށް ބުރޫ އަރާފައި ވާތީ ތެޔޮ ނުލިދާނެ ބިރަށްޓަކައި ލަންކާގައި ކޮންމެ ބުދަދުވަހެއް ބަންދު ކުރަން ނިންމައިފިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދޭ ތެލުގެ 20 ޕަސެންޓް ހިފައިގެން ދަތުރު ކުރާ ބޯޓުފަހަރު ބޭނުން ކުރާ ހޮރުމޫޒު ކަނޑު އޮޅި އޮންނަނީ އީރާނަށް އިންވެގެން އޮންނަ 750 މޭލުގެ ދިގު ގޮނޑުދޮށާ ގުޅިފައެވެ. އެ ކނަޑުއޮޅީގެ ސަމަލާތާއި ރައްކާތެރިކަން އީރާނުގެ އަތްމަތީގައި އޮތް އިރު، އީރާނުން ދަނީ އެކަނޑުއޮޅިން ދަތުރު ކުރާ އެމެރިކާ އައި އެމެރިކާގެ ބައިވެރިންގެ ތެޔޮ ބޯޓު ފަހަރު ހުއްޓުވައި ހަމަލާ ދެމުންނެވެ.
ލަންކާއިން ބުނދަދުވަސް ބަންދު ކުރަން ނިންމީ، ރާއްޖެ ހިމެނޭހެން ދެކުނު އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގައި މިހާރު ދަތިތަކާ ކުރިމަތިވެފައި ވާތީ އިގުތިސޯދީ ފިޔަވަޅެއްގެ ގޮތުން ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.