ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނަގާ ވޯޓު ހުއްޓުވަން، ވަކީލުންތަކެއް ސުޕްރީމް ކޯޓަށް!

ދަޕްރެސް

17 މާރިޗު 2026 | އަންގާރަ | 1:39

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިއްޔެ ސްފްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ވަކީލް އަލީ ހުސައިނާއި ވަކީލް އައިކް އަހުމަދު އީސަގެ އިތުރުން ވަކީލް އިބްރާހިމް ޝިޔާމެވެ.

އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައިވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ގާނޫނު އަސާސީއަށް މިދިޔަ މަހު ގެނައި އިސްލާހު މިހާރު ބާތިލްވެފައިވާ ކަމަށް ކަނޑައެޅުމަށެވެ. އެ ގޮތުން އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު މަޖިލީހުން ފޮނުވާފައިވާއިރު ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައް 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހޭނެ ކަމަށެވެ.

މައުޟޫޢުތަށް