މާލެ ސަރަހައްދުގައި ގޮވާމުން ފިތުރު ޒަކާތް ބެހުން މިއަދާ، މާދަމާ ކުރިއަށް ދާނެ!

ދަޕްރެސް

17 މާރިޗު 2026 | އަންގާރަ | 3:54

މި ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސް އިން ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ. މި ތަކެތި ބެހުން ކުރިއަށް ދާނީ މާލޭގައި ހުންނަ ސީއެޗްއެސްއީގެ ހޯލުގައެވެ. ގޮވާމުން ފިތުރު ޒަކާތް ބެހުން ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު 13:00 އިން 15:00 އަށެވެ.

މި ތަކެތި ބެހުމަށް ނިންމާފައިވަނީ ފަގީރުންނާ، މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށެވެ.

މައުޟޫޢުތަށް