ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފި
ދަޕްރެސް
17 މާރިޗު 2026 | އަންގާރަ | 3:53
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ފަށައިފިއެވެ.
އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުން ކުރިއަށް ދާނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އެގޮތުން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:30 އިން 12:00އަށް ސޮއިކުރުމުގެ މަސައްކަތް އިންތިހާބާ ބެހޭ މަރުކަޒުގައި ކުރިއަށް ދާނެ ކަމަށް އީސިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އީސީން ބުނީ ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރަން ދާނަމަ، އެކަން ބަޔާންކޮށް ބަދަލުގައި ދާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ބޭނުންވާނެކަމަށެވެ. އަދި މީގެ އިތުރުން ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއާއި، ރަޖިސްޓަރީގައި ސޮއިކުރަން ދާ ފަރާތެއްގެ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.