ނައީމާ މޫސާގެ މަރު: ބަލިހާލަތު ހުރި ގޮތުން ޝަރުތުތަކަކާއެކު ފަވާޒްގެ ބަންދަށް ލުއި ދީފި

ދަޕްރެސް

17 މާރިޗު 2026 | އަންގާރަ | 4:19

ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ފަވާޒްގެ ބަންދަށް ލުއި ތަކެއް ދީފިއެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ. ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރި ތިން މީހުންނަކީ، ނ. މަނަދޫ، ފެހިވިލާގެ، އަހުޒަމް އަބްދުއްޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ވިނަރެސް، ހަސަން ފަވާޒެވެ.

އެގޮތުން ފަވާޒުގެ ބަލިހާލަތު ހުރިގޮތުން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން 9 މާރިޗު 2026 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް