ޑެންޑްރަފް ނުވަތަ ބޮލުން ހަން ފޮޅުމުން ސަލާމަތްވާނީ ކިހިނެއް؟

ދަޕްރެސް

20 މާރިޗު 2026 | ހުކުރު | 1:20

ބޮލުން ހަން ފޮޅުމަކީ ނުވަތަ "ޑެންޑްރަފް" އަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ، އުނދަގޫ ބޮޑު މައްސަލައެކެވެ. މިއީ ހަމައެކަނި ބޮލުގެ ހަންގަނޑަށް ދިމާވާ ކަމެއް ނޫނެވެ. މީގެ ސަބަބުން މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ އިޖުތިމާއީ ގުޅުންތަކަށް ވެސް ބައެއް ފަހަރު ބުރޫއަރައެވެ. ބޮލުން ހަން ފޮޅުމަކީ އެކި ސަބަބުތަކާ ހުރެ ދިމާވާ ކަމަކަށް ވާއިރު މިކަމުން ސަލާމަތްވުމަށްޓަކައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ.

ބޮލުން ހަން ފޮޅުމަށް ދިމާވާ ސަބަބުތަކަކީ ކޮބައިކަން ދެނެގަތުމަކީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެންމެ މުހިންމު ފިޔަވަޅެވެ. ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި ބޮލުން ހަން ފޮޅުމަށް ދިމާވާ އެންމެ އާންމު އެއް ސަބަބަކީ ބޮލުގެ ހަންގަނޑުގައި އުފެދޭ 'މަލަސޭޒިއާ' ކިޔާ ފަންގަސްއެކެވެ.

މި ފަންގަސްއަކީ އާންމުކޮށް ހުރިހާ ބޮޑެތި މީހުންގެ ބޮލުގައި ވެސް ހުންނަ އެއްޗެކެވެ. ނަމަވެސް ބައެއް މީހުންގެ ބޮލުގައި މި ފަންގަސް މާ ބޮޑަށް އިތުރުވެ ހަންގަނޑު ހިރުވާ އާދަޔާ ހިލާފަށް ހަން ފޮޅެން މެދުވެރިވަނީއެވެ.

މައުޟޫޢުތަށް