ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން ވެސް ގަޔާވާ އިޓަލީ، ތަފާތު ތަޖުރިބާއެއް ކޮށްލަން ސަޅި

ދަޕްރެސް

21 މާރިޗު 2026 | ހޮނިހިރު | 2:20

މި ރޯދަ މަހު 'ދަ ޕްރެސް' އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެހެން ވެސް ދަތުރުކޮށްލަން ރަނގަޅު ގައުމުތަކާ، އެ ގައުމުތަކުގައިވާ ހާއްސަ ތަންތަނެވެ. ބަލާލާ ހިތްވާ ފަދަ ތާރީހީ ބިނާތަކާ، ވާދީތަކާ، އަޖައިބުން ފުރިގެންވާ އެތައް ޝައުގުވެރި ވާހަކަތަކެވެ.

އެގޮތުން މިއަދު މި ގެނެސްދެނީ ދެކުނު ޔޫރަޕުގައި އޮންނަ ރީތި ގައުމެއްކަމަށްވާ އިޓަލީއާ ގުޅޭ މުހިންމު މައުލޫމަތެވެ. މިއީ މުއްސަނދި ތާރީހާއި، އާކިޓެކްޗަރުގެ އިތުރުން މީރު ކެއުންތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ގައުމެކެވެ. ހުޅަނގުގެ 'ތަހުޒީބުގެ އުފަން' ގައުމުގެ ގޮތުގައި ސިފަކުރާ އިޓަލީއަކީ އާޓް، ސައިންސް އަދި ސަގާފީ ގޮތުންވެސް މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. އިޓަލީގެ ހިތްގައިމު ތަންތަން، އުތުރުގައި ސްނޯއިން ފުރިފައިވާ އަލްޕްސް ފަރުބަދަތަކުން ފެށިގެން ދެކުނުގައި އޮންނަ މެޑިޓެރޭނިއަން ގޮނޑުދޮށްތަކާ ހަމައަށް އޮވެއެވެ.

ގާތްގަނޑަކަށް 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ އާބާދީ އެންމެ ގިނައިން އުޅެނީ ރޯމް، މިލާން، ނޭޕްލްސް އަދި ޓިއުރިން ފަދަ އާބަން ސަރަހައްދުތަކުގަ އެވެ. އިޓަލީގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީއެއް އޮތް ނަމަވެސް، އެ ސިޓީތައް އަދިވެސް އޮތީ ސަގާފަތާއި ޓޫރިޒަމްގެ މައި ހަބެއްގެ ގޮތުގައެވެ.

މައުޟޫޢުތަށް