ކުޑަކުދިންގެ ހިތްތައް ފަތަހަ ކުރާނެ ޗީޒް ގާލިކް ހޮޓް ޑޯގް ބްރެޑް، އެ ކުދިންނަށް ތައްޔާރުކޮށްދީބަލަ

ދަޕްރެސް

24 މާރިޗު 2026 | އަންގާރަ | 8:47

މިއަދުގެ ރެސިޕީ މި ހާއްސަކޮށްލަނީ ގޭގަ އުޅޭ ކުޑަކުދިން ހިތްހަމަ ޖައްލާސަދޭން ތައްޔާރުކޮށްލާނެ ފަސޭހަ އަދި މީރު ރެސިޕީއެކެވެ. މަދު ވަގުތު ކޮޅަކުން ތައްޔާރުކޮށްލެވޭ މި ރެސިޕީގައި ސޮސެޖުގެ ބަދަލުގައި ކުކުޅު ވެސް ބޭނުން ކުރެވިދާނެއެވެ.

ޗީޒް ގާލިކް ހޮޓް ޑޯގް ބްރެޑް އަކީ ރޯދަމަހަށް ފަހުވެސް ކުދިންގެ އިންޓަވަލްގެ ގޮތުގައި ތައްޔާރުކޮށްލަން ވެސް ކަމުދާނެ ޑިޝްއެއް ކަމަށް އުންމީދު ކުރަމެވެ.

އެންމެ ފުރަތަމަ ތައްޓަކަށް ބިހުގެ ގަބުޅި ބައި، ބަޓަރު، މަޔޮނައިޒް، ލޮނުމެދު، ލޮނު އަދި ޕާސްލޭ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްކައިރީގައި ބަހައްޓާލާށެވެ.

މައުޟޫޢުތަށް