ފަސޭހައިން ތައްޔާރުކޮށްލެވޭ ސައިޑް ޑިޝްއެއް ހޯދަނީތަ؟ ޗިކަން އެންޓް ޕޮޓޭޓޯ ބައިޓްސްގެ އަޖުމަ ބަލާލަބަ

ދަޕްރެސް

21 މާރިޗު 2026 | ހޮނިހިރު | 1:14

ބަތާއެކު ނުވަތަ އެހެން އެއްޗަކާއެކު ކާލާނެ ސައިޑް ޑިޝްއެއްގެ ރެސިޕީއެއް ނޭނގުނީ ހެއްޔެވެ؟ މިއަދު މި ގެނެސްދެނީ އަލުވި އަދި ކުކުޅު ކަމުދާ ފަރާތްތަކަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ސައިޑް ޑިޝްއެއް ކަމަށްވާ 'ޗިކަން އެންޓް ޕޮޓޭޓޯ ބައިޓްސް' އެވެ.

ޑައިޓްގައި އުޅޭ ފަރާތެއް ނަމަ ޗީޒް ބޭނުން ނުކޮށް މި ރެސިޕީ ތައްޔާރު ކޮށްލެވޭނެއެވެ. އަދި ރެސިޕީ އިތުރަށް ފުރިހަމަ ކޮށްލަން ބޭނުންނަމަ ކެރެޓު ނޫންނަމަ ބްރޮކޮލީ ފަދަ އިތުރު ތަރުކާރީއެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

އެންމެ ފުރަތަމަ ކުކުޅު މަސް ތަކުގެ ތެރެއަށް ޕެރީ ޕެރީ ސީސަނިންގް، ކާޖުން ސީސަނިން އަދި ރީނދޫ އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން ތަވަޔަކަށް ތެޔޮ އަޅާ ހޫނު ކުރުމަށްފަހު ކުކުޅާއި ލޮނު އަޅާ ރޯފިލުވާލަންދެން ކައްކާލާ އަދި ރޯފިލުމުން ހެވީ ކްރީމް އަޅާ ކައްކާލާނީއެވެ.

މައުޟޫޢުތަށް