ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް "ފެންނަކަމަށް" ވޯޓުދޭން އަދާލަތު ޕާޓީން ނިންމައިފި
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 11:16
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ޕާޓީގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައިވާގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގު ކުރުމަށް އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، 'ފެންނަކަމަށް' ވޯޓު ދިނުމަށް ތާއީދުކުރަން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.
އަދި މިފަދައިން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވަނީ ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެ ޕާޓީން ބުނެއެވެ.