ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ދަޕްރެސް

18 މާރިޗު 2026 | ބުދަ | 12:25

ގަލޮޅު ހުވަފެނީ ގޯޅި ތެރޭގައި ހުންނަ ގުދަނެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.

ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވަނީ ގާތްގަނޑަކަށް މިއަދު 11:00 ޖަހާކަށްހާއިރުއެވެ.

އަދި އަލިފާން އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ބޭރަށް ވަނީ ހުޅު ފަޅައިން ގޮސްފައެވެ. އަދި ކަޅު އޮލަ ދުންތައް ބޭރުވާ މަންޒަރު ފެނެއެވެ. އެ ހާދިސާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފް އިން ބުނީ މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

މައުޟޫޢުތަށް