އީރާނުގެ އިސް 2 ވެރިޔަކު އިޒްރޭލުން އަވަހާރަ ކޮށްލުން: އީރާނު ފަހަތަކަށް ނުޖެހޭނެ ކަމަށް ހާރިޖީ ވަޒީރު ވިދާޅުވެއްޖެ
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 12:24
އީރާނުގެ ސަލާމަތީބާރުތަކުގެ ވެރިޔާ އަލީ ލަރިޖާނީ އާއި ދާހިލީ ބާރުތައް (ބަސީޖް ފޯސް) ގެ ކޮމާންޑަރު ގޮލަމްރޭޒާ ސޮލައިމާނީ އަވަހާރަ ކޮށްލި ނަމަވެސް އީރާނު ފަހަތަށް ނުޖެހޭނެ ކަމަށް އެގައުމުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެއެވެ.
އިޒްރޭލުން އީރާނުގެ ދެވެރިން އަވަހާރަ ކޮށްލިކަން އިއުލާން ކުރިތާ 2 ދުވަސް ފަހުން އީރާނުން، އެކަން އިއުލާން ކޮށްފައި ވަނިކޮށް ހާރިޖީ ވަޒީރު ވިދާޅުވީ، އީރާނުގެ ސިޔާސީ ނިޒާމަކީ ހަރުދަނާ ނިޒާމެއް ކަމަށާއި އެއީ ވަރުގަދައަށް އިންތިޒާމު ކުރެވިފައިވާ ނިޒާމެއް ކަމަށެވެ. އެހެން ކަމުން ވެރިޔަކު އަވަހާރަ ކޮށްލައިގެން އީރާނު ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އަރާޗީ މިހާކަ ވިދާޅުވުމުގެ ކުރިން އެމެރިކާގެ ރައީސް މީގެ ކުރިން ދެއްކެވި ވާހަކަތަކަކަށް ވެސް އޭނާ ވަރުގަދަ ރައްދެއް ދެއްވާފައި ވެއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާނުން އެމެރިކާ އާ ޑީލް ހަދަން ވާހަކަ ދައްކަން ބޭނުން ވެގެން އުޅޭ ކަމަށާއި ނަމަވެސް މިހާރު މާ ލަސްވެއްޖެ ކަމަށެވެ.