އުރީދޫ ކަރާ ފަޅަން ރަށުތެރެއަށް: ކަރާ ކުއެސްޓްގައި ބައިވެރިވެ ޓީމަށް ޕޮއިންޓް އިތުރު ކުރުމުގެ ފުރުސަތު
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 3:41
މިއަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ އުރީދޫ ކަރާ ފެޅުން ގޭމުގައި އުރީދޫ މޯލްޑިވްސް އިން 'ކަރާ ކުއެސްޓް' ތައާރަފު ކޮށްފިއެވެ.
މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެއްކަން ފާހަގަކޮށް އުރީދޫ އިން ބުނީ އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެއް ކަމަށެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެއެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެއް ކަމަށް އުރީދޫން ވަނީ ބުނެފައެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.