ހުކުރު ދުވަހަކީ ފިތުރު އީދު ދުވަސްކަމަށް ނިންމައިފި
ދަޕްރެސް
18 މާރިޗު 2026 | ބުދަ | 8:12
އަންނަ ހުކުރު ދުވަހަކީ ރާއްޖެ އަށް މި ހިނގާ 1447 ވަނަ އަހަރުގެ ފިތުރު އީދު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޝައްވާލް މަހުގެ ހަނދު މިއަދު އިރުއޮއްސުނު ފަހުން ރާއްޖޭގެ އެއްވެސް ރަށަކަށް ފެނިފައި ނުވާކަމަށެވެ. އަދި އިސްލާމީ އެހެން ގައުމަކަށްވެސް ހަނދު ނުފެންނަކަމަށެވެ.
އެހެންކަމުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ރާއްޖޭގައި އަމަލުކުރާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ ފަހު ރޯދަ ކަމަށާއި، އަދި ހުކުރު ދުވަހަކީ ރާއްޖެއަށް ފިތުރު އީދު ދުވަސް ކަމުގައި މިނިސްޓްރީން ބުންޏެވެ.