އީދު ނަމާދަށް މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމައިފި
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 12:37
1447 ވަނަ އަހަރުގެ ފިތުރު އީދު ނަމާދަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށެވެ. އެގޮތުން ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވަނީ އިސްލާމީ މަރުކަރު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށެވެ.
މިކަމާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، މިއަދު މެންދުރުފަހު 15:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.