ގަސްކާނާ ގުދަނުގައި ރޯވުން: 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، 7 މީހަކަށް ހޮސްޕިޓަލުން ފަރުވާދިން
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 10:34
ރޭ މާފަންނުގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ 15 ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރު (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އިއްޒުދީން މަގުގެ، މ. ކައިރުގޭގައި ހުރި ޕްރައިމް ގޯޑައުން 1 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއިން ބުނީ، 15 ގެއަކުން 454 މީހަކު އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ.
މީގެ ތެރޭގައި 302 ބިދޭސީ މަސައްކަތްތެރިން ހިމެނޭއިރު ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް މައުލޫމާތު ދެއެވެ. އަދި ހަމަ އެހެންމެ 280 ބިދޭސީއަކު އެމީހުންގެ ވެރިފަރާތުން ހަވާލުވެފައިވާކަން ފާހަގަކޮށް ޑިޒާސްޓާއިން ބުނީ، 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.