އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ދަޕްރެސް
19 މާރިޗު 2026 | ބުރާސްފަތި | 11:33
އޮސްޓްރޭލިއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ހާމަކުރެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީން އެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމަށް އޮތް ހުރަސްތައް ނެތިގެންދާނެއެވެ.